ޚަބަރު

ކޮންމެ ރަށެއްގައި އެއާޕޯޓް އެޅުމަކީ ތަރައްގީއަށް އޮތް ހުރަހެއް: ނަޝީދު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާ އެއް ގައި ރައީސް ނަޝީދު/ ފޮޓޯ: ދެން

ކޮންމެ ރަށެއްގައި އެއާޕޯޓް އެޅުމަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މ. މުލީގައި އެއާޕޯޓުގައި ތަރައްގީކުރި އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވާފައި ވަނިކޮށް ނަޝީދު އެކްސްގައި މިރޭ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލާ ރަށު ބަންދުން ފިލުވުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދި ކުޅުދުއްފުށި ސިޓީގައި އެއާޕޯޓެއް އެޅުމަކީވެސް ވަރަށް ދެރަކޮށް ކުރި ކަމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މި ސަރުކާރުން ކުރިން ގދ. ތިނަދޫގައި އަޅަން އުޅުނު އެއާޕޯޓު އެޅުން ވެސް ވާނީ ހެދޭ އިތުުރު ގޯހެއް ކަމަށެވެ.

"ފައިނުގައި ވެސް އެއާޕޯޓެއް އެޅުން ރަނގަޅެއް ނޫން" ނަޝީދު ވިދާޅުވި އެވެ.

މިއަދު މުލީގައި ހުޅުވި އެއާޕޯޓަށް 540 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެެއް އެއާޕޯޓާއި ކަރީގައި އެހެން އެއާޕޯޓް ތައް ތަރައްގީކުރާތީ ފާޑުކިޔުން ބޮޑެވެ.

ސަރުކާރުން މިހާރުވެސް ދަނީ 10 މިނެޓުން ދެވޭހާ ކައިރީގައި އޮންނަ ދެ ރަށް ކަމަށްވާ ފ.ނިލަންދޫ އަދި އެ އަތޮޅު މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރަމުންނެވެ.

Ads by Allied Insurance