ކަރަންޓު ކޭބަލްތަކެއް ބުރިކޮށްލި މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނަސީމީވިލާ / ށ.މިލަންދޫ، އިސްމާއީލް ސަމީމް (29އ) ކަމަށެވެ. އޭނާ ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑުނު ކަމަށެވެ.
އޭނާ ގެއްލުންދިނީ ޗާންދަނީ މަގު، އިސްކަންދަރު ސްކޫލު ކުރިމައްޗަށްވާ ގޮތަށް ހުރި އިލެކްޓްރިކަލް ޑިސްޓްރިބިއުޝަން ޗެނަލަކަށެވެ.

Ads by Ooredoo