ޚަބަރު

ދެ ފުލުހުންގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަަހަޅަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ / ފޮޓޯ:ފުލުހުން

ވަން އޮންލައިން ނޫހުގެ ފޮޓޯ ޖާނަލިސްޓު ހަމްދާން އަހުމަދަށް ދެ ފުލުހަކު އަނިޔާ ކުރިކަމަށް ތުހުމަތުކުރާ މައްސަލަ ނެޝެނަލް އިންޓެގްރިޓީ ކޮމިޝަންއަށް ހުށަަހަޅަން ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންއިން ނިންމައިފި އެވެ.

Ads by STELCO

ނޫސްވެރިޔާއަށް ލިބިފައިވާ ކަމަށް ބުނާ ޖިސްމާނީ އަނިޔާތަކާއި މެޑިކަލް ރިޕޯޓަށް ވެސް ރިއާޔަތްކޮށް އެމްޖޭއޭއިން އެކްސްގައި މިއަދު ބުނީ  ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އަނިޔާވާނޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.

އެހެންވެ ހަމްދާންގެ ހާލަތު ކައިރިން ބަލައި އޭނާއަށް ދެވެން އޮތް އެހީތެރިކަމެއް ދީ އެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ނަމަ އެ ޖަމްއިއްޔާގެ ފަރާތުން އެކަން ފޯރުކޮށްދޭނެ ކަމަށް އެމްޖޭއެއިން ބުންޏެވެ.

"އެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށާއި އޭނާ ސީނަށް ގޮސް ހުއްޓުވުމުގައި އުޅުނު ދެ ފުލުސް އޮފިސަރުންގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މި ޖަމްއިއްޔާގެ ފަރާތުން ހުށަހަޅާނެ" އެމްޖޭއޭއިން ބުންޏެވެ.

ފުލުހުން އަނިޔާކުރިކަަމަށް ބުނަނީ ނޫސްވެރިޔާ ހުއްދަ ނުނަގައި ޑްރޯން ދުއްވިކަމަށް ބުނާ މައްސަލައެއްގަ އެވެ.

އެމްޖޭއޭއިން ވަނީ ފޮޓޯ/ވީޑިއޯ ނެގުމުގައި ހުއްދައެއް ނަގަން ޖެހޭ ނަމަ އެފަދަ ހުއްދަތައް ނެގުމަށާއި އެކަމަށް ނޫސް އިދާރާތަކުން ވެސް ނޫސްވެރިންނަށް ބާރު އަޅައި އެފަދަ ހުއްދަތައް ނަގާފައި ހުންނަކަން ކަށަވަރުކުރަން ވެސް އިލްތިމާސްވެސްކޮށްފަ އެވެ.

Ads by Allied Insurance