ޚަބަރު

ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވެ އުދަ އަރާނެކަަމަށް ލަފާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކަނޑު ގަދަ ދުވަހެއް އުޅަނދެއް ދަތުރުކުރަނީ/ ފޮޓޯ: ދެން

ކުރިއަށް އޮތް ފަސް ދުވަހު ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

Ads by STELCO

މެޓް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުތަކަށް ހުޅަނގު މޫސުމުގެ އަސަރު ބާރު ގަދަވާނެކަމަށް ބެލެވޭ ކަމަށެވެ.

އެއާއެކު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ އުދަ އަރާނެކަމަށް ލަފާ ކުރެެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންވެ ކަނޑު ދަތުރުތައް ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ

މި މަހުގެ ހަތް ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނު އިރު މެދު ރާއްޖެ ތެރެއަށް ހުޅަނގު މޫސުން ފެށުނީ މޭ 12ގަ އެވެ. އަދި އުތުރަށް ހުޅަނގު މޫސުން މި މަހުގެ 21 ގައި ވަނީ ފަށައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!