Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވޯލްޑް ސްކައުޓް ބެޖު ރައީސަށް އަރުވައިފި

ވޯލްޑް ސްކައުޓް ބެޖު ރައީސަށް އަރުވައިފި

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައީސް އަދި ޗީފް ސްކައުޓް، ޑރ. މުހައްމަދު މުއިއްޒަށް ވޯލްޑް ސްކައުޓް ބެޖު މިއަދު އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ބެޖު ރައީސަށް އެރުވީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ނަޒީފެވެ. އެ ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލުގެ އަށް މެންބަރުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވައި، "ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް" އެވޯޑު ހަތް ސްކައުޓަކަށް ރައީސް ދެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ސްކޫލް ދައުރުގައި ސްކައުޓް  ހަރަކާތުން ލިބިވަޑައިގެންނެވި ތަޖުރިބާ ހިއްސާކުރައްވާފަ އެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން ވަންނާނެ އިމާރާތެއް ނެތި އެކި ކަހަލަ ބާވެފައި ހުރި އިމާރާތްތަކުން، އެއްތަނުން އަނެއްތަނަށް ސްކައުޓުން ބަދަލުވާން ޖެހުމަކީ އެކަން ވެގެންވާން ޖެހޭނެ ގޮތް ނޫން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއާ ހުރިހާ ބޭފުޅުން އަދި ޖުމްލަކޮށް ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި ވޭތުވެދިޔަތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

<img class="alignnone size-large wp-image-285137" src="https://cdn.dhen.mv/wp-content/uploads/2025/05/403594_f1501f20-f_-1-1024x683.jpg" alt="" width="690" height="460" />

ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި، ގައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ހަރަކާތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް ރައީސް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެެއްގައި ވަނީ އަރިސްކުރައްވާފަ އެވެ.

ގައުމަށް ދިމާވި ކޮންމެ މުހިންމު ކަމެއްގައި ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށާއި އިޖުތިމާއީ އެހީތެރި ކަމުގައި އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައި ވަނީ ތައުރީފު ހައްގު ނަމޫނާއެއް ކަމުގައި އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް