ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އޮސްޓްރޭލިއާއިން ޕެޓްރޯލް ބޯޓެއް ދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އޮސްޓްރޭލިއާއާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން އޮސްޓްރޭލިއާއިން ޕެޓްރޯލް ބޯޓެއް ދޭން ނިންމައިފި އެވެ.

Ads by STELCO

އޮސްޓްރެލިއާގެ ޑިފެންސް މިނިސްޓަރު އަދި އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ވަނީ އެ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި އޮސްޓްރޭލިއާގައި އުފައްދާފައިވާ ގާޑިއަން ކްލާސް ޕެޓްރޯލު ބޯޓެއް އެ ގައުމުން ރާއްޖެއަށް ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.

އެ ބޯޓާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރެވި ރާއްޖޭގެ ކަނޑުގެ އިކޮނޮމިކް ޒޯން ސަރަހައްދުގައި ގަވައިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވަން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބޯޓުގެ އިތުރުން އިކޯ ބީމް ސައުންޑާއެއްވެސް އޮސްޓްރެލިއާއިން ރާއްޖެއަށް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އެ ސައުންޑާ ބޭނުންކުރާނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އިތުރަށް ދިރާސާކޮށް އޯޝަން ފްލޯގެ ޗާޓު ހެދުމަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance