އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށަން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފަށަން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފި އެވެ.
އާ ޓާމިނަލްގެ އެއްބައި އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން މިހާރު ވަނީ ނިންމައިފަ އެވެ.
ވީއައިއޭ ހިންގާ ކުންފުނި, އެމްްއޭސީއެލްއިން އެކްސްގައި ބުނީ އާ ޓާމިނަލް އޮޕަރޭޝަންއަަށް ގެނައުމުގެ ކުރިން މަޓާޓޯ އަދި އެމްއެމްޕީއާރުސީއާއެކު މަޝްވަރާތަކެއްް ކުރިއަށް ގެންގޮސްފައިވާ ކަމަށެެވެ.
އަދި އެ މަޝްވަރާތަކުގެ އަލީގައި ފަސެންޖަރުންނަށް ފެންވަރު ރަނގަޅު ފަސޭހަ ހިދުމަތްތަކެއްް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.
ވީއައިގެ މަސައްކަތްތައް ކުރަމުން ގެންދަނީ ސައުދީގެ ބިން ލާދިން ގްރޫޕުން ނެވެ.
ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުއަކީ ދިވެހީންގެ ރާއްޖޭގެ އިގުތިސާދު ބަދަލުކޮށްލާނެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެއެެވ. މި މަޝްރޫއު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ.
މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫއު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެކަމަށް އެއަޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލުން ބުންޏެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ.
ވީއައިއޭގެ އާޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ.
