ޚަބަރު

އީދު ދުވަހު ހަވީރު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ

. ، ދެން އޮންލައިން
މާލޭ ބޮޑުތަކުރުފާނު މަގުގެ މަންޒަރެއް/ ފޮޓޯ: ދެން

މި އަހަރުގެ ބޮޑު އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓާ މާލޭގެ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

Ads by STELCO

ސިޓީ ކައުންސިލުން މިއަދު ބުނީ، އެމެޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) ހުކުރު ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެ ކަމަށެވެ.

މަނާކޮށްފައިވާ ގަޑީގައި އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ޖޫން 13، 2024 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ، ކޮންމެ އަހަރެއްގެވެސް ފިތުރު އީދު އަދި އަސްހާ އީދު މި 2 ދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާނަމަ މާލޭ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ހަވީރު 16:00 އިން 18:00 އަށް ހަމަޖެއްސުމަށް ނިންމާފަ އެވެ.