Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގެ ވޯޓާ އެކު ފަލަސްތީނަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަނުގެ އޮބްޒާވަރުކަން ލިބިއްޖެ

ރާއްޖޭގެ ވޯޓާ އެކު ފަލަސްތީނަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަނުގެ އޮބްޒާވަރުކަން ލިބިއްޖެ

ދުނިޔޭގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ އދ. އެޖެންސީ، އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އޮބްޒާވާ ސްޓޭޓަސް ރަސްމީކޮށް ފަލަސްތީނަށް ދީފި އެވެ.

އައިއެލްއޯއަކީ އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން މަސައްކަތްތެރިންނަށް ހަމަހަމަކަމާއި އިންސާފު ގާއިމުކޮށްދޭން ބާރުއެޅުމަށް ގޮވާލައި މަސައްކަތްތެރިންނާ ގުޅުންހުރި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތައް އެކަށައަޅާ އދ. ގެ އެޖެންސީއެކެވެ. އެއީ އދ. ގެ އެފަދަ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ އެޖެންސީ އެވެ.

ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސްގައި ރާއްޖޭގެ ވަފުދަކުން ދަނީ ބައިވެރިވަމުންނެވެ. އެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދެވެ.

Advertisement
Ooredoo — Truecaller (box)

ފަލަސްތީނަށް އޮބްޒާވާ ސްޓޭޓަސް މިއަދު ލިބިފައި ވަނީ އައިއެލްއޯގެ މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ވޯޓަކުންނެވެ. އެ އެޖެންސީގެ އޮބްޒާވާ ސްޓޭޓެއްގެ ދަރަޖަ ފަލަސްތީނަށް ދޭން ތާއީދުކޮށް 386 ގައުމަކުން  ވޯޓު ދިނެވެ. އެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އެކަމާ ދެކޮޅަށް 15 ގައުމަކުން ވޯޓު ދިންއިރު، 42 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.

[caption id="attachment_286046" align="alignnone" width="690"]<img class="size-large wp-image-286046" src="https://cdn.dhen.mv/wp-content/uploads/2025/06/IMG-20250606-WA0000-1024x576.jpg" alt="" width="690" height="388" /> އިންޓަނޭޝަނަލް ލޭބާ ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވާ ވަފުދުގެ ބޭފުޅުން --[/caption]

ދިވެހި ސަރުކާރުން ބުނީ މިއީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ މެދުގައި ފަލަސްތީނުގެ މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތް ލިބިދިނުމަށް ކުރަމުންދާ މަސައްކަތުގައި ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން މަސައްކަތް ކުރަމުންދާއިރު، މިފަދަ ތާރީހީ ނިންމުމެއް ނިމިގެން ދިޔައިރު، ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެކަމާ މެދު ފަހުރުވެރިވާ ކަމެއް ކަމަށެވެ.

އިންސާފާއި ކަރާމާތާ އަދި ބައިނަލްއަގުވާމީ އެއްބައިވަންތަ ކަމަށް ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ތާއީދާއި އެއްބާރުލުން އޮންނާނެކަން އަންގައިދިން އެ ވޯޓަށް ފަހުގައި ފަލަސްތީނުގެ ވަފުދާ ބައްދަލުކުރުމުގެ ޝަރަފު މިނިސްޓަރު ހައިދަރަށް ލިބިވަޑައިގެންނެވި ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް