Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ކ. މާފުށި ކައިރިން ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ 26 އަހަރުގެ ޖަޕާނު ފިރިހެނެއް ކަމަށެވެ.

އެ މީހާއަކީ މިއަދު ހެނދުނު މާފުށީގެ ގެސްޓް ހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީގައި އޮންނަ ކަނޑޫމާ ތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި މީހެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

"ގެއްލިގެން ހޯދަމުންދާ ފަތުރުވެރިއާ އަޅާފައި ހުރީ ކަޅުކުލައިގެ ޑައިވިން ގިއަރެކެވެ. އަދި ހުދު ކުލައިގެ މާސްކެކެވެ." އެމްއެންޑީއެފުން ފާހަގަކުރި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް، މެެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ ހެނދުނު 10:02 ހާއިރު ކަމުގަ އެވެ.

އެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ޑައިވަރުންނާ އެކު ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގޮސް ފަތުރުވެރިއާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް