ޚަބަރު

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ޒައްމަތު އައްޔަންކުރަން މަޖިލިހުން ރުހުން ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޒަމްއަތު އަހްމަދު: ބްރޯޑްކޮމްއަށް އައްޔަންކުރަން ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތީ އޭނާގެ ނަން --

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ޒަމްއަތު އަހްމަދު ވަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.

Ads by MPL

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޒަމްއަތު ބްރޯޑްކޮމް މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 54 މެންބަރުންނެވެ. ދެކޮޅަށް އެއްވެސް މެންބަަރަކު ވޯޓެއް ނުދެއްވަ އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ހުޅުވާލީ އެ ކޮމިޝަނުގެ މެމްބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު ހަމަވާތީ އެވެ.

އެ ބޭފުޅުންގެ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވުމުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހުގައި ތަޅުމަށް ފޮނުވާފައި ވަނީ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުނު ފަސް ނަމެވެ. އެ ނަންތަކަކީ:

  • ޒީނާ ޒާހިރު - 84.57 މާކްސް
  • އާމިނަތު ޝިޔާނާ - 83 މާކްސް
  • ޝިމްލާ އަހްމަދު - 82 މާކްސް
  • މޫސާ ރިލްވާން - 81 މާކްސް
  • ޒަމްއަތު އަހްމަދު ވަހީދު - 85.13 މާކްސް

Ads by HDC