ވ. އަތޮޅުގެ ރަށްތަކުގެ ބަނދަރުގައި ކެމެރާ ހަރުކުރަނީ

ވ. އަތޮޅުގެ ރަށްތަކުގެ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ވ. އަތޮޅު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކައުންސިލުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.
އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެންނަމަވެސް މިއަދު ނެރުނު އިއުލާނުގައި ވަނީ އެކަަމަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އިތުުރުކޮށްފަ އެވެ.
މަދު މީސްކޮޅެއް ދިރިއުޅޭ ވ. އަތޮޅަކީ ފަތުރުވެރި ކަމުގައި މިހާރު ފާހަގަކޮށްލެވޭ އަތޮޅެކެވެ.
