ޚަބަރު

މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގެއްލިގެން ހޯދަމުން އަންނަ އައިޝަތު ލަމްޔާ --

މާލެއިން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by STELCO

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އަންހެން މީހާ ގެއްލިފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރުފަހު 1:00 ހާއިރު ކަމަށެވެ.

މައްސަލަ ރިޕޯޓު ކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ހޯދަމުން ދަނީ 18 އަހަރުގެ އަންހެނެއް ކަމުގަ އެވެ. އެ މީހާ ހޯދަމުން ދަނީ ރޭ ގެއިން ނިކުތް ގޮތަށް ހަބަރެއް ވެފައި ނުވާތީ އާއިލާއިން އެ އިދާރާއަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށް ވެސް ފުލުުހުން ފާހަގަކުރި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އައިޝަތު ލަމްޔާ ނަމަކަށް ކިޔާ އަންހެނެކެވެ.

އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އަހުމަދު ހައްމާދު ކިޔާ މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރޭ 8:30 ހާއިރު ގެއިން ނިކުތް ފަހުން ލަމްޔާގެ ހަބަރެއްވެފައި ނުވާ ކަމަށެވެ. އެންމެފަހުން އޭނާ ފެނުނީ ރޭ 9:30 ހާއިރު، މއ. ސަހަރާ ކަންމަތި، ދިލްބަހާރު މަގު ކައިރިން ކަމަށެވެ.

އޭރު ލަމްޔާ ލައިގެން ހުރީ ހުދު ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ޖިންސެއް ކަަމަށް ހައްމާދު ބުނެފައިވެ އެވެ. ކަޅުކުލައިގެ ޝޯލެއް އަޅައިގެން އަޅައިގެން ހުރިއިރު، އަރައިގެން ހުރީ ހުދު ކުލައިގެ ފައިވާނަކަށް ކަމުގައި ފާހަގަކޮށްފައިވެ އެވެ.

ހައްމާދުގެ ޕޯސްޓުގައި ވަނީ ލަމްޔާ އާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 9661230 ނުވަތަ 9959907 އަށް ގުޅުމަށް އެދިފަ އެވެ.

Ads by Allied Insurance