ޚަބަރު

ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތުއްތު ކުއްޖަކު ޒަހަމްވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތޮއްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: މޯލްޑިވްސް އޮންލައިން ޑައިރެކްޓަރީ

އއ. ތޮއްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތުއްތު ކުއްޖަކު ޒަހަމްވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނީ ރޭ 7:30 ހާއިރު އެ ހާދިސާ ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ތުއްތު ކުއްޖާގެ ގައިގައި ޖެހިގެން ކަމަށެވެ.

އެ ކުޑަކުއްޖާއަށް އިތުރުފަރުވާދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޓޯކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.