Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ އެޕެއް ލޯންޗުކޮށްފި

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ އެޕެއް ލޯންޗުކޮށްފި

ހާޖީ އެމްވީ ނަމުގައި ހައްޖާއި އުމްރާއާއި ގުޅޭ ހާއްސަ އެޕެއް އިސްލާމިކް މިނިސްޓްރީން މިއަދު ލޯންޗުކޮށްފި އެވެ.

މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ހަސަން އެވެ. ހާޖީ އެމްވީ އެޕަކީ ފަސޭހައިން ހައްޖާއި އުމްރާއާ ބެހޭ މައުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. އޭގެ އިތުރުން ޒިކުރުކުރުމާއި ތަވާފާއި ސައުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ގުރުއާނާއި ސުންނަތުން ސާބިތުވާ ދުއާތަކާއި ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީހާ ބެހޭ ވީޑިއޯ ވެސް އެ އެޕުން ބެލެން ހުންނާނެ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެޕްގެ ފުރަތަމަ ވާޝަން ކަމަށެވެ. މި އެޕް މިހާރު ފޯނުތަކަށް ގޫގުލް ޕްލޭސްޓޯރުން ލިބޭއިރު އެޕަލް އެޕް ސްޓޯއިންވެސް މި އެޕް ލިބޭނެ އިންތިޒާމް ކުރިއަށް އޮތްތަނުގައި ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އެޕް އިތުރަށް ތަރައްގީކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. " މި އެޕްގެ އަމާޒަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކުރުމެވެ. މި އެޕްގައި ހިމެނޭ އެންމެހައި މައުލޫމާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާސްކޮށްފައިވާ މައުލޫމާތެކެވެ. މި އެޕްގެ ސަބަބުން ދުއާފޮތްތަކާއި ހައްޖާއި އުމްރާއާއި ބެހޭ ފޮތްތަކާ ނުލައި، ފޯނުން އެކަނި މިދާއިރާއާ ގުޅޭ މައުލޫމާތު ހާސިލްކުރެވޭނެއެވެ." މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް