ރާއްޖެއަށް ގެންނަން އުޅުނު ގިނަ އަދަދެއްގެ ބޭސްތަކެއް ކޮޗިން އެއާޕޯޓުން ހިފަހައްްޓައިފި

އިންޑިއާގެ ކޮޗިން އެއާޕޯޓުން، ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ އަށް ގެންނަން މަސައްކަތް ކުރި ދެ ދިވެއްސަކު ހުއްޓުވައިފި އެވެ.
އިންޑިއާގެ ކަސްޓަމްސްއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ބޭސްތައް އަތުލައިގަނެފައިވަނީ އެ މީހުންގެ ލަގެޖުންނެވެ. އެގޮތުން ލަގެޖުން ފެނުނު ބޭސްތަކުގެ އަގު ތިން ލައްކަ ރުޕީސް އާއި ފަސް ލައްކަ ރުޕީސް އަށް އަރާނެ އެވެ.
އިންޑިއާގެ ކަސްޓަމްސް އިން ބުނީ އެ އެ ބޭސްތައް ހިފަހައްޓާފައި ވަނީ ޓެކްނިކަލް އޮފިސަރު އޮފް ޑްރަގްސް (ޓީއޯޑީ) ސެޓްފިކެޓާއި ސައްހަ އިމްޕޯޓް/އެކްސްޕޯޓް ލައިސަންސް ފަދަ ލިޔެކިޔުންތައް އެ މީހުންގެ އަތުގައި ނެތުމުންނެވެ.
ބޭސްތައް އަތުލައި އެ މީހުން ރާއްޖެއަށް ފުރުވާލާފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

Ads by HDC