ޚަބަރު

ހުޅުމާލެ ހޮސްޕިޓަލަށް ދިމާވި ކަރަންޓުގެ މައްސަލައަކާ ހުރެ އޯޕީޑީ ހިޔާ ކްލިނިކަށް 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލް / ފޮޓޯ:ދެން އިމޭޖްސް

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތް ފޭސް ދޭއްގެ ހިޔާ ޓަވަރު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ބަދަލުކޮށްފި އެވެ.

Ads by MPL

ހުޅުމާލެ ހޮސްޕިޓަލުން ރޭ ފަތިހު ކުރި އިއުލާނެއްގައި ބުނީ ޓެކްނިކަލް މައްސަލަ ދިމާވީ އެ ހޮސްޕިޓަލުގެ މެއިން އިލެކްޓްރިކް ޕެނަލަށް ކަމަށެވެ.

އެ މައްސަލަ ހައްލުކުރެވެންދެން، ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތް ހިޔާ ޓަވަރު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކުރެވިފައިވާ ކަމަށް އިއުލާނުގައިވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި ކަރަންޓުގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ހޮސްޕިޓަލުގެ ޓީމުން ކަމާ ބެހޭ އިދާރާތަކާ އެކު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގަ އެވެ.

މައްސަލަ ހައްލު ވީހާ އަވަހަކަށް ހޮސްޕިޓަލުގެ ހިދުމަތްތައް އަލުން ލިބޭނެކަން ހުޅުމާލެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ.

ކަމާ ގުޅިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފަ އެވެ.

Ads by Ooredoo