ޚަބަރު

ހިޔާވަހި ސްކީމުން އަންނަ މަހު ލޯނުތައް ދޫކުރަން ފަށަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހިޔާވަހި ފައިނޭންސް ސްކީމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހިޔާވެހި ފައިނޭންސިންގްގެ ލޯނު ސްކީމުގެ ދަށުން އަންނަ މަހު ލޯނު ދޫކުރަން ފަށަން ނިންމައިފި އެވެ.

Ads by STELCO

މިދިޔަ ނޮވެމްބަރު މަހު އިފްތިތާހުކުރި ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އާއެކު ހައުސިން މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އޮތީ އެއްބަސްވުމެެއްގައި ސޮއިވެސްކޮށްފަ އެވެ. އެއީ ބޯހިޔާވެހިކަން ފަސް ޕަސެންޓް ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދޭ ގޮތަށެެވެ.

އެ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަމަވެފައިވާއިރު، ޖުމްލަ 2256 ފޯމު ހުށަހަޅާފައިވެއެވެ. މި ފޯމުތަކުގެ ތެރެއިން "ރަށްވެހި" ސްކީމަށް 1329 ފޯމު، "ސަހަރް" ސްކީމަށް 586 ފޯމު، އަދި "ފަހިމާލެ" ސްކީމަށް 341 ފޯމު ހުށަހަޅާފައިވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ ފޯމުތައް އިވެލުވޭޓް ކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ސްކީމުގެ ދަށުން ލޯނު ދޫކުރެވޭނެކަމަށް ބެލެވެނީ އަންނަ މަހު ކަމަށެވެ.

އެ ސްކީމުގެ ދަށުން ތިން ވައްތަރެއްގެ ލޯނު ދޫކުރާނެ އެވެ،

އޭގެ ތެރޭގައި ހިމެނެނީ:

  • އާބަން ޑެވޮލަޕްމަންޓް ސެންޓަރުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
  • ފުރަމާލޭގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.
  • ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯން.

Ads by Ooredoo