ޚަބަރު

އަތޮޅުތަކުން މާލެ އަންނަ ފަރާތްތައް ޑޮކްޓަރަށް ދައްކަން ފަސޭހަކޮށްދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައިޖީއެމްއެޗް / ފޮޓޯ:ދެން އިމޭޖްސް

އަތޮޅުތަކުން މާލެ އަންނަ ފަރާތްތައް ޑޮކްޓަރަށް ދައްކަން ފަސޭހަކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ އިޖުތިމާއީ ކޮމިޓީގައި ހަލީމް މިއަދު ވިދާޅުވީ އަތޮޅުތަކުން ވެސް މާލެ އަންނަ މީހުންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭ ގޮތް ހަދަން ހެލްތު މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން އަމާޒަކީ އަތޮޅު ހޮސްޕިޓަލުތަކުން ރިފާކުރުމުން މާލެއިން އަވަސް އެޕޮއިންޓްމަންޓެއް ލިބޭނެ ގޮތް ހެދުން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"އޭރުން ޑޮކްޓަރުން އެތަނުން ]އަތޮޅު ހޮސްޕިޓަލުން] އިންނާނީ ބަލާފަތާ. އެގޮތުން ވަކި ކޮން ސްޕެޝަލިޓީއެއް ކަން ކުރިއާލާ އެނގިފައިތާ އިންނާނީ. އެހެންވީމާ ކޮންމެވެސް ވަރަަކަށް ފިލްޓާ ވެގެން އަންނަ ބޭފުޅުންނަށް އެރޭންޖެމަންޓްތައް ހެދޭނެ ގޮތްތައް އެބަ ބަލަން," ހަލީމް ވިދާޅުވި އެވެ.

އެގޮތުން ފ. އަތޮޅުގައާއި ކުޅުދުއްފުށީގައި ވެސް ޓެލެމެޑިސިންއާއެކީގައި އެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުުރުން އަތޮޅުތަކުން ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުންވެސް ޕްރޮގްރާމްތަލެއް ކުރިއަށް ގެންދަމުންދާ ކަމަށް ހަލީމް ވިދާޅުވި އެވެ.

އޭގެ ތެރޭގައި އައުޓް ރީޗް ޕްރޮގްރާމްތައް ހިމެނޭ ކަމަށް ހަލީމް ވިދާޅުވި އެވެ.

Ads by Allied Insurance