ޚަބަރު

އިންޑިއާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިކޮނޮމިކް މިނިސްޓަރު ސައީދު އިންޑިއާގެ ކޮމާސް ސެކެޓްރީ ސުނިލް ބާރަތުވަލްއާއެކު--

އިންޑިއާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި އެވެ.

Ads by STELCO

އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައެްމަދު ސައީދު އިންޑިއާގެ ކޮމާސް ސެކެޓްރީ ސުނިލް ބާރަތުވަލްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން އެވެ.

މިނިސްޓަރު ސައީދު އެކްސްގައި މިއަދު  ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއިި އިންވެސްޓްމަންޓް ޕާޓްނާޝިޕް އިތުރަށް ފުޅާކޮށް އިގުތިސާދީ ގޮތުން ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 26 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ. ބެލެވޭ ގޮތުން މޯދީގެ ދަތުރުފުޅުގައި ރާއްޖެއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ އެވެ.

އިންޑިއާއަކީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އެންމެ ބޮޑަށް އެހީވާ އެއް ގައުމެވެ.

އެގޮތުން އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް އޮތީ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއުތަކަކީ މާޗް 18, 2019 ގައި ދިވެހި ސަރުކާރާއި އިންޑީއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރެވުނު 800 ޑޮލަރުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކެކެވެ.

Ads by Ooredoo