ޓާމިނަލް ހުޅުވުމުގެ ހަފްލާގެ ކަންކަން އިސްރާއިލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ހަފްލާގެ ކަންކަން އިސްރާއިލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކުރިކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ހަފްލާ މި މަހުގެ 26 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި އެކަމަށްޓަކައި ވަރަށް ކުލަގަދަ ހަފްލާއެއް ވެސް ބާއްވަން މިހާރު ވަނީ ނިންމައިފައިވާ އިރު އެ ހަފްލާގެ ކަންކަން އިންތިޒާމް ކުރަން ހަވާލުކުރީ އިސްރާއިލަށް ފަންޑުކުރާ އިނގިރޭސިވިލާތުގެ ކުންފުންޏަކަމަށް ރާއްޖޭގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް މިނިސްޓަ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް ވިދާޅުވީ އެ ހަފްލާގެ ކަންކަން ކުރިއަށް ގެންދަން އިސްރާއިލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުނުކުރާ ކަމަށެެވެ.
އިސްރާއިލުން ޣައްޒާގައި ފަލަސްތީނު މީހުންގެ ނަސްލު ނައްތާލަން ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އިމިގްރޭޝަންގެ ގަނޫނަށް އިސްލާހު ގެނެސް ވަނީ މިދިޔަ އޭޕްރީލު މަހު ވަނީ އިސްރާއިލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ވެސް މަނާކޮށްފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަކީ ދިވެހިން ފަހުރިވެރިވާ ފަދަ ހާރިޖީ ސިޔާސަތެއް ކަަމަށެވެ.
