Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަޒުލްގެ ބޭބެ ފަޒީލް މަގާމުން ވަކިކޮށްފި

ފަޒުލްގެ ބޭބެ ފަޒީލް މަގާމުން ވަކިކޮށްފި
ބިންވެރިޔާ ހައުސިން ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި މުހައްމަދު ފަޒީލް މަގާމުން ވަކިކޮށްފި އެވެ. ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ފުރިހަމައަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، އެޗްޑީސީގެ ކުރީގެ އެމްޑީގެ ބޭބެ ފަޒީލް ވަނީ ސަސްޕެންޑްކޮށްފަ އެވެ. https://dhen.mv/259236 އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަޒީލް ވަކިކުރަން ނިންމި ނިންމުމަކީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅި ފިޔަވަޅެއް ކަމަށެވެ.
މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވައެވެ
https://dhen.mv/276912 ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގެ ތުހުމަތު ކުރެވޭ ފަޒުލް ވަނީ މައްސަލަ ފެންމަތިވުމާއެކު މަގާމުން އިސްތިއުފާދީފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް