Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ސަބަބު ޤާސިމް ހާމަ ކުރައްވައިފި

މަޖިލީހަށް ހާޒިރުވެ ވަޑައިނުގަންނަވާ ސަބަބު ޤާސިމް ހާމަ ކުރައްވައިފި
ރައްޔިތުންގެ މަޖިލިސް ހިންގަމުންދަނީ މަޖިލިސް ހިންގުމަށް އޮތް ހަމަޔާއި އުސޫލުން ބޭރުން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މަޖިލީހަށް ހާޒިނުވާ ސަބަބާ ގުޅޭ ގޮތުން ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މަޖިލީހުގައި ކަންކަން ހިނގަމުންދަނީ އޮންނަ ހަމަޔާއި އުސޫލުގެ ބޭރުންކަމަށެވެ. މަޖިލިސް ހިންގުމަށް ގަވާއިދާއި އުސޫލެއް އޮތް ނަމަވެސް މަޖިލިސް ހިންގަނީ އެއަށް ނުބަލައިކަމަށް ޤާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހަށް ދިޔަޔަސް އަދި ނުދިޔަޔަސް އެ ތަނުން ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ކަންކަން ހަމައިން، އިންސާފުން ނެއްޓުނީމާ އަޅުގަނޑަށް ވަރަށް އުނދަގޫވޭ. އެ އުނދަގޫ ވާތީ އަޅުގަނޑަށް އެތަނަށް މަޖިލީހުގައި ނީދެވެނީ ވެސް މިހާރު. މަޖިލީހަށް ނުދެވެނީ ވެސް. އެތަނުގައި ގަވާއިދެއް އޮތަސް އެއަށް ހުރުމަތްތެރިކޮށް ހިތިގެން ކަންތައްތައް ދާމަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ.
ޤާސިމް ވިދާޅުވީ މިހާރު އޮތް މަޖިލީހަށް މެމްބަރުން އިންތިޚާބުކުރިއިރު ވެސް އެއްޕާޓީއަކަށް ބޮޑު އަޣުލަބިއްޔަތެއް ދީފިނަމަ ކަންކަން ވާނެ ގޮތް ވިދާޅުވިކަމަށެވެ. ނަމަވެސް އެކަން ގަބޫލުނުކޮށް ގިނަ ގޮނޑިތަކެއް އެއްޕާޓީއަކަށް ދިނުމުން މިހާރު އޭގެ ނަތީޖާ ފެންނަމުންދާކަމަށް ޤާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވިއިރު އަޅުގަނޑު ބުނިން މިހައިގިނަ މެމްބަރުން އެއްޕާޓީއަކަށް އަޣްލަބިއްޔަތު ލިބިއްޖިއްޔާ ދެން ވާނީ ކިހިނެއްކަން. އޭރުގެ ރެކޯޑިން އަޑުއައްސަވައިލެއްވީމަ އެނގޭނެ.
ދޮޅު އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމެޓީތަކަށް ވަޑައިނުގެން ހުންނެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޤާސިމް މަޖިލީހަށް ވަޑައެއްނުގަންނަވައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް