ނަޑެއްލާގައި އާ ބަނދަރެއް ހަދަން ހަވާލުކޮށްފި

ގދ. ނަޑެއްލާގައި އާ ބަނދަރެއް ހަދަން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާ އިއްޔެ ހަވާލުކޮށްފި އެވެ.
އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޮއިކުރެއްވި އިރު، ހެވީ ފޯސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒަމީރު އެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 78.7 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއު ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 82،080 ކޮޑި މީޓަރު ވެލި އައު ބަނދަރު ފަޅުން ކޮނުމާއި 19،600 ކޮޑި މީޓަރު ވެލި އައު ނެރުން ކޮނުމާއި 3،900 ކޮޑި މީޓަރު ވެލި މިހާރުގެ ބަނދަރު ފަޅުން ކޮނެ 16،000 ކޮޑި މީޓަރު ވެލި މިހާރުގެ ނެރުން ކޮނުން ހިމެނެ އެވެ.
އެ މަޝްރޫއުގައި ހިމެނޭ އިތުރު ކަންކަން
- 48،850 ކޮޑި މީޓަރު ވެލި ބިން ހިއްކުމަށް ކޮނުން
- 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 105 މީޓަރުގެ ނެރުފައިކަށި ޖެހުން
- 244.7 މީޓަރުގެ ބޭރުތޮށި ޖެހުން
- 17 މީޓަރުގެ ބޭރުތޮށި ތިރިކޮށް ޖެހުން
- ޖުމްލަ 188 މީޓަރުގެ ގްރޮއިން ޖެހުން
- 534 މީޓަރުގެ އެއްގަމު ތޮށި ޖެހުން
- 534 މީޓަރުގެ ސްކަވަރިންގ އޭޕްރަން ޖެހުން
- 10 މޫރިންގ ބޮއި ހަރުކުރުން
- 11 މީޓަރު 11 މީޓަރުގެ ރޭމްޕްއެއް ހެދުން
- 6 ނެރު ބައްތި
- 18 ބަނދަރު ބައްތި ޖެހުން
- 2660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން