މަގުމަތީގައި ކަނޑިއާ ވަޅި ހިފައިގެން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މާލޭ މަގުމަތީގައި ކަނޑިއާ ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. މީދޫ އަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ފިރިހެނަކާއި، ގދ. ހޯނޑެއްދޫ އަށް ނިސްބަތްވާ 33 އަހަރުގެ މީހެކެވެ.
ކޯޓު ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓަށް ބަލާއިރު އެ މީހުންގެ އަތުން ކަނޑިއަކާއި، ވަޅި އަކާއި އަދި ދެ މީހުން ހުރި ދިމާ ބިންމައްޗަށް ވައްޓާލި ސާޖިކަލް ނައިފް އެއް ފެނިފައިވެ އެވެ.
ހައްޔަރުކުރި 21 އަހަރުގެމީހާ ބުނީ އެކަމުގައި އޭނާގެ ބައިވެރިވުމުގެއް ނެތް ކަމަށާއި، އެތަނުގައި ހުރީ ދެން ހުރި މީހާ އެ ކަޑަންދޭން އަލިކޮށްދޭން ކަމަށެވެ.
އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. އެ މީހާ ބަންދުކުރަން ނިންމީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ފެންނާތީވެ އެވެ.
