ޚަބަރު

ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފެމިލީ ކޯޓުން އާންމުކޮށްފި

. ، ދެން އޮންލައިން
ފެމެލީ ކޯޓުގެ އިމާރާތް/ ފޮޓޯ: ދެން

ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ ފެމިލީ ކޯޓުން އާންމުކުރަން ފަށައިފި އެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ފެމެލީ ކޯޓުން މިއަދު ވަނީ ދަރިންގެ ހަރަދު ނުދޭ މީހެއްގެ މައުލޫމާތު އާއި ފޮޓޯ  އާންމުކޮށްފަ އެވެ

އާއިލާއާ ބެހޭ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ހަރަދަށާއި ކުއްޖާ ބެލުމުގެ ހަރަދަށް އެއް ކުއްޖަކު ހުރިނަމަ މަހަކު 2000 ރުފިޔާ ދޭން ޖެހޭނެ އެވެ.

އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ދިނުމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.