ޚަބަރު

ނިއުޒީލެންޑަށް ކަނޑައެޅި ސަފީރު ފަތްކޮޅު އަރުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނިއުޒީލެންޑަށް ކަނޑައެޅި ނޮން ރެސިޑެންޓް ސަފީރު ފަތްކޮޅު އެރުވުން--

ރާއްޖެއިން ނިއުޒިލޭންޑަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، މުހުއްމަދު ލުވޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ނިއުޒިލޭންޑްގެ ގަވަރުނަރ-ޖެނެރަލް އަދި ކޮމާންޑާ-އިން- ޗީފް އިން އެންޑް އޯވާ ދަ ރިއަލްމް އޮފް ނިއުޒިލޭންޑް، ޑޭމް ސިންޑީ ކީރޯ، ޖީއެންޒެޑްއެމް، ކިއުއެސްއޯއަށް މިއަދު އަރުވައިފި އެވެ،

Ads by STELCO

ސަފީރުކަމުހެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ނިއުޒީލެންޑްގެ ވެލިންޓަންގައި ހުންނަ ގަވަރމެންޓް ހައުސް ގައެވެ.

އެ ރަސްމިއްޔާތުގައި ސަފީރު ލުވޭޒް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާއާއި ހެޔޮއެދުންތައް ގަވަރުނަރު ޖެނެރަލަށް އަރިސްކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމު ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަންވެސް ލުވޭޒް އެރުވި އެވެ.

ލުވޭޒް ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ރައީސް މުއިއްޒު އައްޔަނު ކުރެއްވީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ.

ސަފީރު ލުވޭޒް މިހާރުވެސް ދަނީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމު ފުރުއްވަމުން ނެވެ.

Ads by Allied Insurance