ޚަބަރު

އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

. ، ދެން އޮންލައިން
ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުަވަޒީރު މޯދީއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

Ads by STELCO

ރައީސް އޮފީހުން މިއަދު އާއްމުކުރި ޕްރެސް ރިލީޒެއްގައި ބުނީ މޯދީ ރާއްޖެ ވަޑައިގަންނަވާނީ ހުކުރު ދުވަހު ކަމަށެވެ.

އަދި ފުރާވަޑައިގަންނަވާނީ ހޮނިހިރު ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ. މޯދީގެ ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ މަޝްވަރާތައް ބާއްވާނެ ކަމަށެވެ.

އަދި ޖޮއިންޓް ޕްރޮޖެކްޓްތަކެއް އިފްތިތާހުކޮށް، އެކި ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. މޯދީ މި ފަހަރު ރާއްޖެ ކުރައްވާ ދަތުރުފުޅުވެގެންދާނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީ އަށް ކުޑައިމީސްކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް އިންޑިއާގައި އެންޓި ކެމްޕޭނެއްވެސް ހިންގި އެވެ.

އެކަމަކު ފަހުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވައި މޯދީއާ އެކު ރަސްމީ މަޝްވަރާތަކެއް ބޭއްވި އެވެ.

އޭގެ ފަހުން ދެ ގައުމުގެ އިސްވެރިން ގެންދަވަނީ ދޭތެރެ ދޭތެރެއިން ބައްދަލުކުރައްވަމުންނެވެ. އަދި އިންޑިއާއިން ވަނީ ރާއްޖެއަށް އެކި ކަންކަންކަމުގައި އެހީވެސް ދެމުންނެވެ.

Ads by Ooredoo