ޚަބަރު

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ހާފިޒުކަމުގެ ސެޓްފިކެޓް ހާސިލުކުރި ހާފިޒުންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން / ފޮޓޯ:ރައީސް އޮފީސް

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔަވަން މި އަހަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓޫޑަންޓް ލޯނަށް ހުޅުވާލުމުން  އެ ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ސަރުކާރުން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު ސްޓޫޑަންޓް ލޯނުގެ 500 ފުރުސަތު ހުޅުވާލި އެވެ.

ހަޔާ އެޑިއުކޭޝަންއިން މިއަދު ބުނީ މުއްދަތު ހަމަވި އިރު އެ ލޯނަށް 1338 ދަރިވަރުން ކުރިމަތިލި ކަމަށާއި ނަމަވެސް ޝަރުތުހަމަވީ 806 ދަރިވަރުން ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކަން އިއުލާންކުރި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ވިދާޅުވީ ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވި 806 ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް ދަންނަވާފައިވާ ކަމަށެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނަށް ޝަރުތު ހަމަނުވާ ސަބަބު މިނިސްޓްރިގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.

ލޯނާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

Ads by Allied Insurance