މަސްވެރިކަން ކުރިއަރުވަން އިންޑިއާ އަކީ މުހިއްމު ބައިވެރިއެއް: ޝިޔާމް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އިންޑިއާ އަކީ މުހިއްމު ބައިވެރިއެއް ކަމަށާއި އެ ގައުމުގެ އެހީ ލިބޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނުވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވައި ޝިޔާމް ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފަ އެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވީ އިންޑިއާ އަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް އަދި އިތުބާރު ކުރެވޭ ރަހުމަތްތެރިއެއް ކަމަށާއި އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި އެހީތެރިވެދޭ ގައުމެއް ކަމަށެވެ.
މަސް ޕްރޮސެސިން ސެންޓަރުތައް ހެދުމުން ފެށިގެން، ރަށްރަށުގައި އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް ގާއިމުކުރުމާ އިންޑިއާގެ އެހީ ލިބޭ
އިންޑިއާއިން ދޭ މާލީގެ އެހީގެ ސަބަބުން މަސް ތާޒާކޮށް ބަހައްޓައި، މަސްވެރި މުޖުތަމައުތަކަށް އިތުރު ވަޒީފާތަކެއް ފަހިކޮށްދެވިއްޖެ ކަމަށް ވިދާޅުވި އެވެ.
ގައުމުތަކުގެ މެދުގައި ރަނގަޅު ގުޅުމެއް ދެމިއޮންނާނީ އެއް ގައުމު އަނެއް ގައުމަށް އިހްތިރާމްކޮށް އެއްބާރުލުން ލިބިގެން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕްގެ ދަށުން މި ސަރުކާރަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހުރިހާ ގައުމުތަކާ ގުޅިގެން ހާރިޖީ ސިޔާސަތަކަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ.
ޝިޔާމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ އިގްތިސާދު ގާއިމުކުރުމަށްޓަކައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.