އިންޑިއާއެކު ރާއްޖެއިން މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއާ އިންޑިއާއާ ދެ ގައުމު ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ އެއްބަސްވުންތަކަކީ:
- ރާއްޖެއާއި އިންޑިއާއާ ދެމެދުގައި މިނިވަން ވިޔަފާރި (އެފްޓީއައި) އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާކުރުން
- ޑޮލަރު ކްރެޑިޓު ލައިން އެއްބަސްވުމުގައި ސޮއިކުރުން
- 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުން
- ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން
- މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
- މޫސުމާބެހޭ އިލްމާއި ތިމާވެށީގެ ދާއިރާއިން އޮނިގަނޑެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުން
- ކްރޮސް ބޯޑާ ރެމިޓެންސް އެއްބަސްވުން
- ޑިޖިޓަލް ދާއިރާއިން ދެ ގައުމު ދެމެދު ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުން
ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.
މޯދީގެ މި ދަތުރުފުޅަކީ އެމަނިކުފާނު ތިންވަނަ ދައުރަކަށް މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާއި ދެގައުމުގެ މެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެވޭ ތާރީހީ ދަތުރުފުޅެކެވެ.
