ޚަބަރު

އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސައުދީ ފަންޑުގެ ސީއީއޯ ރައީސް މުއިއްޒުއާއެކު

މިރޭ ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސައުދީ ފަންޑު ފޯ ޑިވޮލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއް ރަހުމާން އަލް މުރްޝިދު ރާއްޖެ ވަޑައިގެންފި އެވެ.

Ads by STELCO

ދިވެހި ސަރުކާރުގެ ދައުވަތަކަށް ރާއްޖޭގެ މިނިވަން ދުވަހުގެ ހަފްލާގައި ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ސީއީއޯ ރާއްޖެ ވަޑައިގެންނެވީ ސައުދީގެ ވަފުދަކާ ވެސް އެކުއެވެ.

އަދި ސީއީއޯ މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ސައުދީ ސީއީއޯ އާއި ވަފުދަށް މަރުހަބާ ވިދާޅުވެ، ސަރުކާރުގެ ދައުވަތު ގަބޫލު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރުއަދާކުރައްވާފަ އެވެ.

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ޝަރަފްވެސް ރާއްޖެއިން އަރުވާފައިވާ ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވީ ރާއްޖެއިން އެރުވި ދައުވަތަކީ ލިބުނު ޝަރަފެއް ކަމަށެވެ.

އާ ޓާމިނަލްގެ މަޝްރޫއަށް ސައުދީ ފަންޑުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރައްވައި ރައީސް އެ ފަންޑަށް ޝުކުރު އަދާކުރެއްވިއެވެ.

ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވީ އެ މަޝްރޫއުގެ ކުރިއެރުންތައް ސައުދީގެ ޝާހީ ދަރުބާރުން، ގާތުން ބައްލަވަމުން ގެންދެވިކަމަށް ވިދާޅުވެފަ އެވެ.

Ads by Allied Insurance