ޚަބަރު

އެކުވެރިކަމުގެ ތާރީހީ ދަތުރަކަށް ފަހު މޯދީ ފުރާވަޑައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޯދީ ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން--

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެއިން ފުރާވަޑައިގެންފި އެވެ.

Ads by MPL

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމުގައި ބައިވެރިވެވަޑައިގަތުމަށް އެދި ސަރުކާރުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ.

އަދި މިއަދު މޯދީ ވަނީ މިއަދު ހަވީރު ރާއްޖެއިން ފުރާވަޑައިގެންފަ އެވެ.

މޯދީ ފުރާވަޑައިގަތް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖެއަށް މޯދޫ ދަތުރުފުޅެއް ކުރެއްވީތީ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރައްވައިފަ އެވެ.

އެ ދަތުރުފުޅުގައި ނަތީޖާ ނެރެވޭފަދަ މަޝްވަރާތަަކެއްކޮށް މުހިންމު އެކި ދާއިރާތަކުން ހަތަރު އެމްއޯޔޫއާއި ތިން އެއްބަސްވުމުގައި ސޮއި ކުރެވި އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މޯދީއާއެކު ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކޮށް އިންޑިއާގެ އެހީގައި މުހިންމު މަޝްރޫއުތަކެއް ފެށިގެން ދިޔަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

މޯދީގެ ދަތުރުފުޅަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން މުސްތަގުބަލުގައި އޮންނާނެ ގޮތުގެެ ފުރިހަމަ ފާލެއް އެޅިގެން ދިޔަ ދަތުރުފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.