ޚަބަރު

ގަދަ އަޅައި މަސައްކަތް ނުކުރި ނަމަ ޓާމިނަލް ނިމޭނީ 2027ގައި: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވީއައިއޭގެ އާ ޓަމިނަލް ހުޅުވުމަށް ބޭއްވި ހަފްލާގައި ރައީސް މުއިއްޒުގެ ދެކަނބަލުން--

މި ސަރުކާރުން ވެރިކަމަށް އައިސް ގަދަ އަޅައި މަސައްކަތް ނުކުރި ނަމަ ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް(ވީއައިއޭ) ޓާމިނަލް ނިމޭނީ 2027 ވަނަ އަހަރުކަމަށް  ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިރޭ ކުރިއަށް ދާ ކުލަގަދަ ހަފްލާގައި އާ ޓާމިނަލް ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ 10 އަހަރަސް ދިގުދެމިގެން ދިޔަ ޓާމިނަލް މަޝްރޫއުގައި ގިނަ ބައެއްގެ މިންނެތް މަސައްކަތްތައް ހިމެނޭ ކަމަށެވެ.

ހާއްސަކޮށް ކުރީ ދެ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަން ކުރެއްވި މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ހާއްސަކޮށް އެ މަސައްކަތް ފެށިގެން އައީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށްވާތީ އެމަނިކުފާނަށާއި ދެން އެއަށް ފަހު ރައީސް ސޯލިހުގެ ވެރިކަމުގައި ކަމަށްވާތީ އެ ދެ ރައީސުންނަށް ރައީސް މުއިއްޒު ޝުކުރު ދެންނެވި އެވެ.

އަދި އެ ހިސާބުން މިއަދާ ހަމައަށް ނިންމުމަށް މި ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމުގައި ރެއާއި ދުވާލު ބުރަ މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުން ހާއްސަކޮށް ސަރުކާރުގެ ހުރިހާ ވަޒީރުންނާއި އެމްއޭސީއެލްގެ ހުރިހާ ވެރިންނާއި ހުރިހާ މުވައްޒަފުން އެކުރެއްވި މަސައްކަތަށް ވެސް ހިތުގެ ފުންމިނުން އެމަނިކުފާނު ޝުކުރު އަދާ ކުރެއްވި އެވެ.

"މި މަސައްކަތް ހުރިހާ އެންމެން ގުޅިގެން ބުރަކޮށް ނުކުރިނަމަ އަދިވެސް އިތުރު ދޮޅު އަހަރެއްހާ ދުވަސް ދާނެކަން އެއީ އަޅުގަނޑުމެންނަށް އޭރުގަ ފެންނަން އޮތް ހަގީގަތް. 2027 ގެ ފަހުކޮޅު ނިމެ ހިސާބުގައި މަސައްކަތުގެ ސްޕީޑާއި ނިމޭ ހިސާ ގޮތުގެ ސްޕީޑާއި އެކިކަންކަން ހުރީ. " ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަހަރުވެރި މިނިވަން ދުވަހު އެއާޕޯޓު ހުޅުވަން ބޭނުންވީ ގަސްތުގައި ކަމަށާއި އެއީ މިނިވަންކަން ދެމެހެއްޓުމުގައި އިގުތިސާދީ މިނިވަންކަން މުހިންމުވެފައި އިގުތިސާދު މިނިވަންކަމުގެ އެންމެ މުހިންމު އެއްޗަކީ ވެލާނާ އެއާޕޯޓު ކަމަށްވާތީ ކަމަށެވެ.

Ads by HDC