ޚަބަރު

ހަލީލް، ލަންކާގެ ރައީސްއާ ބައްދަލުކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި އެ މަނިކުފާނުގެ އަރިހަށް ފޮރިނަ މިނިސްޓަރު، ޑރ. އަބްދުﷲ ހަލީލް، އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި، ލަންކާގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ވެސް ފޮރިން މިނިސްޓަރު ޑރ. ހަލީލް މަރުހަބާ ވިދާޅުވި އެވެ.

އަދި ދިވެހިރާއްޖެ އާއި ލަންކާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަހުތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސްރީލަންކާ އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް އޭނާ ވިދާޅުވި އެވެ.

ސްރީލަންކާ އިން ދިވެހިރާއްޖެ އާއެކު ތަފާތު އެކިއެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތައް އެމަނިކުފާނުގެ ސަރުކާރުން ވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑިސަނަޔަކާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރުގެ އަރިހުގައި ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މައްސޫދު އިމާދު އާއި ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީ އަދި ޑިރެކްޓާ ޖެނެރަލް އައިޝަތު ފަރީނާ  ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by Allied Insurance