އާރުަސީއެލްގެ އެމްޑީގެ މަގާމުން މުބީން އިސްތިއުފާ ދެއްވައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު(އެމްޑީ)ގެ މަގާމުން އަހުމަދު މުބީން އިސްތިއުފާ ދެއްވައިފި އެވެ.
އާރުސީއެލްްއިން މިއަދު ވަނީ މުބީން ކުންފުންޏާ ވަކިވާކަން ހާމަކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށް އޭނާ ލީޑާޝިޕްއާއި އިރުޝާދުގެ ދަށުން އެ ކުންފުންޏަށް ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.
މުބީން އިސްތިއުފާ ދެއްވިއިރު އާރުސީއެލް އުވާލައި އެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ގެންދިއުމުގެ ވާހަކަތަކެއް ދަނީ ދެކެވެމުން ނެވެ.
މުބީން އާރުސީއެލްގެ އެމްޑީގެ މަގާމަށް އައްޔަނުކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އޭނާ ވަނީ 18 ވަނަ މަޖިލީހުގައި ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރަައްވައިފަ އެވެ.
