ޚަބަރު

ސީދާ އައްޑޫއިން މަސް އެކްސްޕޯޓް ކުރަން މިފްކޯއިން ތައްޔާރުވެއްޖެ

. ، ދެން އޮންލައިން
މަސްވެރިއަކު މަސްތަކެއް ވަކިކުރަނީ / ފޮޓޯ:ދަމޯލްޑިވްސްއެކްސްޕާޓް

ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

Ads by MPL

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މިފްކޯގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިފްކޯއިން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވާންދެން މަރަމާތު ނުކޮށް ހުރި އެންމެ އަސާސީ މަރާމާތުތަކާއި މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއްވެސް މިހާރު ވަނީ ފަށާފަ އެވެ.

މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފަ އެވެ.

މީގެއިތުރުން ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ގާބިލުކަން ކުރިއެރުވުމަކީ، ސަރުކާރާ، މިފްކޯގެ އެންމެ މުހިންމު އެއް އަމާޒެވެ.

އެގޮތުން އައްޑޫއަތޮޅުން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި ސީދާ އައްޑު އަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ނިންމާފަ އެވެ. އަދި އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގދ ތިނަދޫގައި ގާއިމު ކުރަމުން އަންނަ މަސްގަންނަ މަރުކަޒު. 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމަށްވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

Ads by HDC