Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސްޓެރެޓީޖިކް ޕާޓްނާޝިިޕެއް ގާއިމުކުރަން އެމްޕީއެލްއާއެކު މިފްކޯއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސްޓެރެޓީޖިކް ޕާޓްނާޝިިޕެއް ގާއިމުކުރަން އެމްޕީއެލްއާއެކު މިފްކޯއިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިިޕެއް ގާއިމުކުރުމުގެ މަގުސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ، ޑީސީޕީ (ރިޓަޔަޑް) މުހައްމަދު ރިޝްވާނެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.

Advertisement
Ooredoo — Square (box)

އޭގެ އިތުރުން، މި ފަހުމުނާގެ ދަށުން ދެ ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށާއި، ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުުރުމަށާއި، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް އެއްބަސްވެފައިވާ ކަމަށް އެމްޕީއެލްއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް