"ގްރޭޓާ އިސްރާއިލު"ގެ ތަސައްވަރު ރާއްޖެއިން ކުށްވެރިކޮށްފި

އިސްރާއިލުން ގެންގުޅޭ "ގްރޭޓާ އިސްރާއިލު"ގެ ތަސައްވަރު ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
އިސްރާއިލަކީ މެދު އިރުމަތީގައި އޮންނަ ކިތަންމެ ކުޑަކުޑަ ގައުމެއް ނަމަވެސް އަރަބި ގައުމުތަކުގެ ބިންތައް ފޭރި އެމެރިކާ ފަދަ ބިޔަ ބޮޑު ގައުމަކަށް އެ ގައުމު ހެދުމަކީ އެ ގައުމުގެ ހައްދަ ފަހަނައަޅާފައިވާ ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތެކެވެ. އެއީ "ގްރޭޓާ އިސްރާއިލް" ގެ ސިޔާސަތެވެ.
އެ ސިޔާސަތުގެ ދަށުން އިސްރާއިލުގެ ބޯޑަރުތައް އިރާގުގެ ފުރާތު ކޯރުން ފެށިގެން މިސްރުގެ ނީލަ ކޯރާ ހަމައަށް ބޯޑަރުތައް ދެމިގެން ދިއުމަކީ އިސްރާއިލުން ބޭނުންވާ ގޮތެވެ. ހުދު އިސްރާއިލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫވެސް މިހާރު އެ ސިޔާސަތު ފާޅުގައި މިހާރު ވަނީ އިއުލާންކުރައްވައިފަ އެވެ.
ނަތަންޔާހޫ އެފަދައިން ވިދާޅުމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނުގައި ބުނީ ގްރޭޓާ އިސްރާއިލުގެ ސިޔާސަތުގެ ދަށުން އިތުރު ޔަހޫދީ އާބާދީތައް ފުޅާކުރުން ބަލައިނުގަނެވޭ ކަމަށެވެ.
އަދި 1967ގެ ބޯޑަރުތަކުގެ ދަށުން ފަލަސްތީނަށް ވަކި ދައުލަތެއް އުފެއްދުމަށް ވެސް އެ ސިޔާސަތުގެ ދަށުން ހުރަސް އެޅޭކަން ރާއްޖެއިން ފާހަގަކުރި އެވެ.
އަދި އިސްރާއިލުގެ ސިޔާސަތުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް މުގުރައި މުޅި މެދު އިރުމަތީގެ ހަމަނުޖެހުމަށް ވަރަށް ބޮޑަށް އަސަރުކުރާނެކަން ވެސް ފޮރިން މިނިސްްރީން ފާހަގަކުރި އެވެ.
އިސްރާއިލުން މިހާރު ވެސް ޣައްޒާގައި ބޮޑޫ ގަތުލު އާންމެއް ގިންގަމުންދާއިރު ޣައްޒާގެ ރައްޔިތުން އެ ތަނުން ނެރު ޔަހޫދީން ޣައްޒާގައި ވަޒަންވެރިކުރުވަން ވެސް ދަނީ މަސައްކަތް ކުރަމުން ނެވެ.
