އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް މުއިއްޒު ތަސްދީގުކުރައްވައިފި

އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި، އެޓާނީ ޖެނެރަލް އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
އަދި މިއަދު ރައީސް ވަނީ އެ ބިލު ތަސްދީގުކުރައްވައިފަ އެވެ. އަދި ސަރުކާރުގެ ގެޒެޓުގައި ވެސް ޝާއިއުކޮށް އިސްލާހުތަކަށް މިއަދުން ފެށިގެން ވަނީ އަމަލުވެސްކުރަން ފަށައިފަ އެވެ.
އެ ބިލު ހުށަހަޅުއްވާފައިވަނީ، އެޓާނީ ޖެނެރަލް އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖާކޮށް އެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކޮށް އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހު ކުރުމުގެ ބޭނުމުގަ އެވެ.
އެގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލާއ،ި އެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލާއި އެ އޮފީހުގެ އެހެން މުވައްޒަފުން ހިމެނޭގޮތަށް އެޓާނީ ޖެނެރަލް އޮފީހުގެ މަގާމުތައް ތަރުތީބުވެފައިވާ ގޮތުގެ އޮނިގަނޑު އެކުލަވާލާނީ ބަންޑާރަ ނައިބު ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
އެފަދައިން އެކުލަވާލާ އޮނިގަނޑަށް ޢަމަލުކުރަން ފަށަންވާނ،ީ އެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައ،ި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބުމަށްފަހު ކަމުގައި ވެސް އިސްލާހުގައި ބުނެފައި ވެ އެވެ.
