ޚަބަރު

ޔޫތު އެޑްވައިޒަރީ ބޯޑުން ޝަހީމްގެ ދަރިކަލުން އިސްތިއުފާ ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ޒުވާނުންގެ ކަންކަމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާދޭ ޔޫތު އެޑްވައިޒަރީ ބޯޑުގައި ހިމެނިވަޑައިގެންނެވި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

Ads by MPL

އެނގިފައިވާ ގޮތުން މާހިލް, އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ މިއަދު އެވެ.

މާހިލް އިސްތިއުފާ ދެއްވި އިރު ނިމިގެން ދިޔަ ހަފްތާގައި އޭނާ ރާއްޖެ އައިއިރު އެއާޕޯޓުން ޗެކްކުރި އިރު ވޭޕްގެ ސާމާނު ފެނުނު މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އަދި ޒުވާނުންގެ ކަންކަމުގައި ރައީސްއަށް ލަފާ ދެއްވާ ބޭފުޅެއްގެ ކިބައިން އެފަދަ އަމަލެއް ފެނުމުން އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ނުދޭތީ ވެސް އޮތީ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

މާހިލް ވޭޕް އެތެރެކުރި މައްސަލައިގައި ސަރުކާރުގެ އިދާރާތަކުން މިހާތަނަށް އެއްވެސް އެެއްޗެއް ނުބުނެ އެވެ.

ނަމަވެސް މާހިލް ގައިގައި ބަނދެގެން ވޭޕްގެ ތަކެތި އެތެރެކުރިކަމަށް ބުނާ ވާހަކަ މިނިސްޓަރު ޝަހީމް ވަނީ ދޮގުކުރައްވައިފަ އެވެ.

Ads by Allied Insurance