ޚަބަރު

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި

. ، ދެން އޮންލައިން
މިފްކޯގެ ބޯޓަކަށް މަސް ކިރަނީ

ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

Ads by MPL

މިއީ އެ މިނިސްޓްރީން، ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެކެވެ.

މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީ 4 ކޯހަކާއި ބެޗްލާރސް ޑިގްރީ 3 ކޯހަކަށެވެ. މީގެތެރެއިން ބެޗްލާސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ ދެ ފުރުސަތު ވަނީ ހުޅުވާލަފަ އެވެ.

ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ސްކޮލާޝިޕްތައް ކުރިއަށްދާނީ އޭޝިއާ، އެސްޑަބްލިއުއައިއޯއެފްސީ މެމްބަރު ގައުމުތަކާއި، އޯއީސީޑީ ގައުމުތަކުގަ އެވެ.

އެ ސްކޮލާޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައް ލިބޭނެ އެވެ.

މިއީ މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް ލިބިގެންދާ ފުރުސަތެކެވެ.