ޚަބަރު

20 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖޭއެސްސީ؛ / ފޮޓޯ: އަވަސް

ގިނަ އަދަދެއްގެ ރަށްތަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން މިއަދު ކުރި އިއުލާނެއްގައި ވަނީ 20 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފަ އެވެ،

،މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ރަށްތަކުގެ ތެރޭގައި ހއ.ކެލާ މެޖިސްޓްރޭޓް ކޯޓު، ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު، ށ.ކަނޑިތީމު މެޖިސްޓްރޭޓް ކޯޓު،  ށ.ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓު  އަދި ށ.ފުނަދޫ މެޖިސްޓްރޭޓް ކޯޓު ހިމެނެ އެވެ.

މެޖިސްޓްރޭޓޫނުން ހޯދާ އިތުރު ކޯޓުތައް

  • ށ. .މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓު
  • ނ.މާފަރު މެޖިސްޓްރޭޓް ކޯޓު
  • ނ.ލަންދޫ މެޖިސްޓްރޭޓް ކޯޓު
  • އއ.އުކުޅަސް މެޖިސްޓްރޭޓް ކޯޓު
  • އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓު
  • ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
  • ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓު
  • ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު
  • ލ.ގަން މެޖިސްޓްރޭޓް ކޯޓު
  • ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓު
  • ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓު
  • ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓު
  • ގއ.ދެއްވަދޫ މެޖިސްޓްރޭޓް ކޯޓު
  • ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓު

ޖޭއެސްސީން ބުނީ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރި ކޮށް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް ވެސް އެ ކޮމިޝަންއިން ބުންޏެވެ.

Ads by Ooredoo