ޚަބަރު

ދަރުސްތައް އެކި ތަންތަނުގައި ބާއްވަނީ މިރޭގެ ޖަލްސާއަށް ހުރަސްއެޅުމަށްޓަކައި: ޖަމީލު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

މިރޭ ދަރުސްތައް ކުރިއަށް ގެންދަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)އިން މިރޭ ކުރިއަށްދާ ޖަލްސާއަށް ހުރަސްއެޅުމަށްޓަކައި ކަމަށް ކުރީގެ ނާއިބު ރައީސް އަދި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ މި ސަރުކާރުން ގައުމަށް ބޮޑެތި ތަކުލީފުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކައް ނޮޅާލައި މީޑީއާތައް ކޮންޓްރޯލްކޮށް ރައްޔިތުންގެ ބަޖެޓު މި ސަރުކާރުން އަތަށް ނަގާފައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

އެެހެންވެ ކީރިތި ރަސޫލާ އެފަދަ ވެރިންނާމެދު ވަރަށް ވަރުގަދަ ދުއާއެއް ކުރައްވާފައިވާ ކަމަށެވެ. އަދި ދުއާގެ ވާހަކ މިރޭގެ ޖަލްސާގައި ދައްކަން ޖެހުނީ ދީނީ އިލްމުވެރިން އެ ވާހަކަ ދެއްކުން ހުއްޓާލައިފައިވާތީ ކަމަށެވެ.

އޭގެ އިތުރުން ވެސް ޖަމީލު ދީނީ އިލްމުވެރިންނަށް މިރޭ ފާޑު ވިދާޅުވި އެވެ.

"މިރޭގެ ޖަލްސާއަށް ހުރަސް އެޅުމަށްޓަކައި ވެސް އެތަން މިތާނގަ  ދަރުސާ އެއްޗެހި ވެސް އެބަ ހިނގާ. އެއީ ކަނޑައެޅިގެން  ފުރައްސާރަކުރުމަށާއި ތިބޭފުޅުންނަށް ހައްގު ބަސް އަޑުއިވުމުން މަނާކުރުމަށްޓަކައި" ޖަމީލު ވިދާޅުވި އެވެ.

ޖަމީލު އިތުރަށް ވިދާޅުވީ ހައްގު ބަސް ބުނަން ހަނު ހުރެއްޖެ މީހަކީ މަންމަން ޝައިތާނެއް ކަމަށެވެ.