ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ޖަޕާންގައި ކުއްލިގޮތަކަށް މަރުވެއްޖެ

ފޮރިން މިނިސްޓްރީގެ މުވައްޒަފަކު ޖަޕާންގައި ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.
މަރުވީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ އެވެ.
އޭނާ މަރުވިއިރު ޖަޕާންގައި މާސްޓާސް ޕްރޮގްރާމެއް ފުރިހަމަކޮށް ރާއްޖެ އައުމަށް ދިޔައީ ތައްޔާރުވެސް ވަމުން ނެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު, ލުޖައިނާގެ މަރާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔުއްވައި އެކްސްގައި ވިދާޅުވީ ގެއްލިގެން ދިޔައީ ހުނަރުވެރި މަސައްކަތަކަށް ކަމޭހިތާ ބޭފުޅެއް ކަމަށެވެ.
އަދި އޭނާ ކުރި ކޮންމެ ކަމެއްގައި ވެސް ޝައުގުވެރިކަމާއި ނަޒާހަތްތެރިކަން ފެނުނު ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ލުޖައިނާގެ މަރާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

Ads by Ooredoo