Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި މީހާ ނުވަ މަހަށް ޖަލަށް

އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި މީހާ ނުވަ މަހަށް ޖަލަށް

އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނެގި މީހާ ނުވަ މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ހަސަން ޝަކީބް، ތ. ގާދިއްފުށި / މިރިޔާސްގެ މައްޗަށެވެ.

ޝަކީބުގެ މައްޗަށް އިއްވި ހުކުމުގެ ހުލާސާގައިވާ ގޮތުން ޝަކީބު ފަސް ލެޕްޓޮޕް ވަގަށް ނެގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޑިވޮލޮޕްމަންޓް އޮފީހުން ނެވެ.

Advertisement
Allied — Dhen Online (box)

އެ ފަސް ލެޕްޓޮޕް އޭނާ މީހަކަށް އެންމެ 1700 ރުފިޔާއަށް ވިއްކާލިކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި ޝަކީބުއަށް ކުރި ދައުވާގެ ދަށުން އެއް އަހަރާ ހަތް މަސް ދުވަހަށް ޖަލަށް ލާން ހުކުމްކުރެވެން އޮތް ނަމަވެސް ކުށްތަކަށް އިއުތިރާފްވެފައިވާތީ އަދަބު ލުއިކޮށް އޭނާގެ މައްޗަށް އިއްވީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ވައްކަމުގެ ކުށުގެ ރެކޯޑްކުރިން ވެސް އޮންނަ ޝަކީބު   ހުޅުމާލެ ފޭސް ދޭއްްގެ ކެފޭއެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި މިދިޔަ އަހަރު ޖުލައި މަހު ހޯދަން ވެސް އިއުލާންކުރި އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް