ޚަބަރު

މީޑިއާތަކުގައި ތަޅު އަޅުވަން ފާސްކުރާ ކޮންމެ ގާނޫނެއް އެމްޑީޕީގެ ވެރިކަމުގައި އުވާލާނަން: ފައްޔާޒް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ / ފޮޓޯ:އެމްޑީޕީ

މީޑިއާތަކުގައި ތަޅު އަޅުވަން މި ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް އެމްޑީޕީގެ ވެރިކަމުގައި އުވާލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

Ads by STELCO

މީޑިއާތައް ރެގިއުލޭޓްކުރެވޭ ގޮތަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު މިއީ މީޑިއާތަކުގައި ތަޅުއަޅުވަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބުނެ އިދިކޮޅާއި ބައެއް މީޑިއާތަކުން ވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުން ނެވެ.

އެ ބިލަށް އިޝާރާތްކުރައްވައި ފައްޔާޒް އެކްސްގައި ވިދާޅުވީ އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުުޅައިގަންނާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މީޑިއާގެ މިނިވަންކަން ނިގުޅުވައިގަންނަން މީވެ ކުރިން މީގެ ކުރިން ވެސް ވެރިޔަކު ހަމަ އެގޮތަށް މަސައްކަތް ކުރެއްވި ނަމަވެސް ކާމިޔާބެއް ނުވާ ކަމަށާއި އިރާދުކުރެވިއްޔާ މިފަހަރު ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނައްތާލައި ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް މުއިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް ދެން އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނަން" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން ކަމަށެވެ.

އެގޮތުން ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއްކަމަސް ފައްޔާޒް ވިދާޅުވި އެވެ.

ްެއެހެން ނަމަވެސް ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރާނީ އިހުލާސްތެރި ހިދުމަތް ކޮށްގެން، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެނެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

Ads by Ooredoo