ޚަބަރު

ފިޔޯރީގެ ދެކުނުން 12.5 މޭލު ބޭރުގައި ދޮށީ ކަނދުފަތި ގާއިމުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ގދ. ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ގާއިމުކޮށްފި އެވެ.

Ads by STELCO

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ކަނދުފަތި އެޅީ "0°00.059'N 73°06.026'E" ލޮކޭޝަން ސަރަހައްދުގައި ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ކަނދުފަތި ގާއިމުކުރީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމަށް ކަމަށެވެ. އަދި އެ ދޮށީ ކަނދުފަތި ގާއިމްކުރުމާ އެކު އެ ސަރަހައްދުގެ މަސްވެރިން، ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކަނދުފަތި ގާއިމު ކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކަނދުފަތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫއެއް ފިޝަރީޒް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.

Ads by Ooredoo