Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ރައްޔިތުންގެ މަޖިލިސް

ލަންކާ ރައީސަށް ހިމާޔަތް ދިނުމުގައި ސަރުކާރުން އަމަލުކުރި ގޮތް ބެލުމަށް މަޖިލީހަށް

ލަންކާ ރައީސަށް ހިމާޔަތް ދިނުމުގައި ސަރުކާރުން އަމަލުކުރި ގޮތް ބެލުމަށް މަޖިލީހަށް

ސްރީލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވި މައްސަލައިގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ނިންމައިފިއެވެ.

އެމްއެންޕީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ‏ލަންކާގެ ރައީސަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލައިގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖުލީހަށް ހުށަހަޅަން އެމްއެންޕީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

ގޮޓަބަޔަ ރާޖަޕަކްސައާއި އޭނާގެ އަނބިކަނބަލުންނާއެކު ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތުމަށް ފެސިލިޓޭޓް ކޮށްދެއްވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ރޭ ދަންވަރު އެ ބޭފުޅުން ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ ވެސް ނަޝީދެވެ.

Advertisement
Ooredoo — Square (box)

ނަމަވެސް މި މައްސަލައިގައި ނަޝީދު އަދި އެއްޗެއް ވިދާޅެއްނުވެއެވެ. މި މައްސަލައާ ގުޅިގެން ދޭނެ ކޮމެންޓެއް ނެތްކަމަށް ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ލަންކާ ބޮޑު އިގުތިސާދީ އަނދަވަޅަކަށް ވައްޓާލައި އަދި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ގޮޓަބަޔަ އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ރައީސްކަމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާގެ ސިޔާސަތުތަކާ ދެކޮޅު ހަދައި ރައްޔިތުން ކުރި އިހްތިޖާޖުތަކާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވާނީ ރައްކާތެރި މަންޒިލަކަށް ވަޑައިގަތުމަށްފަހުކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް