ޚަބަރު

ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރެއް ހުޅުވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

Ads by STELCO

ހުޅުމާލޭގައި މޯލްޑިވިއަން ބްލަޑް ސާވިސަސް(އެމްބީއެސް) ހިންގަމުން އަންނަ އޮރެންޖު ހިޔާގައި ގާއިމުކުރި އެ ސެންޓަރު މިއަދު ހުޅުވައިދެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.

އެ ސެންޓަރަކީ ތެެލެސީމިއާ ތަަހައްމަލުކުރަމުންދާ އަތޮޅު ތެރޭގެ ކުދިންގެ ހާލަތު ދެނެގަނެ އެ ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތް ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ސެންޓަރެއްކަމަށް އެމްބީއެސްއިން ބުންޏެވެ.

ރާއްޖޭގައި ތެލެސީމިއާ ބަލި ތަަހައްމަލުކުރަމުންދާ 669 ކުދިން ދުނިޔޭގައި ތިބިއިރު އަތޮޅު ތެރޭގައި އެކަނި ވެސް އެފަދަ 300 ކުދިން ދިރިއުޅެއެވެ.

ތެލެސީމިއާ ކުދިންނަށް ދޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމުގެ ގޮތުން މާލޭގައި ހިދުމަތް ދެމުން ދިޔަ އިމާރާތުން ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާއަށް އެ ސެންޓަރު ބަދަލުކޮށް ހިދުމަތް ދޭން ފެށީ މިދިޔަ މޭ މަހު އެވެ.

އެ ސެންޓަރުގެ ހިދުމަތްތައް އޮރެންޖު ހިޔާއަށް ބަދަލުކުރުމުން ޖާގައިގެ ގޮތުން ތަނަވަސްވެ، ހިދުމަތް ފޯރުކޮށްދިނުމަށް ފަސޭހަތަކެއް ވަނީ ލިބިފަ އެވެ.

އެ ސެންޓަރުގައި ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ހާއްސަ ވޯޑަކާއި، ކުޑަކުދިންނަށް ހާއްސަ ވޯޑެއް ހިމެނެއެވެ. އަދި ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200ލޭ ޕައިންޓުން 600 ލޭ ޕައިންޓަށް ވަނީ އިތުރުވެސްކޮށްފަ އެވެ.